ކޮވިޑް-19 އިން ރޮބަޓް ރަނގަޅުވެއްޖެ

އެކްޓަރު ރޮބަޓް ޕެޓިންސަން ކޮވިޑް-19 އިން ރަނގަޅުވުމުން، ފިލްމް "ދަ ބެޓްމޭން" ގެ ޝޫޓިން އަލުން ފަށައިފިއެވެ.

އިނގިރޭސިވިލާތުގެ އެކްޓަރު ރޮބަޓް، ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އޭނާ ކޮވިޑް-19 އިން ރަނގަޅުވުމުން، ފިލްމްގެ ޝޫޓިން އަލުން ފަށާފައިވާކަން ފިލްމް އުފައްދާ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ފިލްމް "ޓްވަލައިޓް" ގެ ތަރި، ރޮބަޓް އެނބުރި ފިލްމް ސެޓަށް އައުމުގެ ހުއްދަ މިހާރު ލިބިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މެޓް ރީވްސް ޑައިރެކްޓްކުރާ "ދަ ބެޓްމޭން" ގެ އިތުރު ކާސްޓުންގެ ތެރޭގައި ޕޯލް ޑާނޯ، އެންޑީ ސާކިޒް، ކޮލިން ފެރެލް އަދި ޒޯއީ ކްރަވިޒް ހިމެނެއެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން މި ފިލްމް ރިލީޒްކުރާނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުއެވެ.