އެމާ ވަޓްސަން

އެމާ ފިލްމް ކުޅުން ހުއްޓާލަން އުޅޭ ވާހަކަ ދޮގުކޮށްފި

ފިލްމް ފްރެންޗައިޒް "ހެރީ ޕޮޓާ"އިން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ބަތަލާ އެމާ ވަޓްސަން ފިލްމް ކުޅުން ހުއްޓާލަން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތައް އޭނާގެ މެނޭޖަރު ދޮގުކޮށްފިއެވެ.

ބްރިޓިޝް ބަތަލާ އެމާ ވަޓްސަން ފިލްމް ކުޅުން ހުއްޓާލަން އުޅޭ ކަމަށް ރިޕޯޓްކުރީ "ޑެއިލީ މެއިލް" އިންނެވެ.

އެމާގެ ފޭސްބުކް އެކައުންޓާއި އިންސްޓަގްރާމް އެކައުންޓްގައި މިވަގުތު ލިޔެފައިވަނީ އެކައުންޓް "ޑޯމަންޓް" ކަމަށާއި އަދާހަމަވަމުން ނުދާނެ ކަމަށެވެ. އެމާގެ މެނޭޖަރާއި ހަވާލާދީ ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެމާގެ ސޯޝަލް މީޑިއާ އެކައުންޓްތައް "ޑޯމަންޓް" ނަމަވެސް ފިލްމް ކުޅުން ހުއްޓާ ނުލައެވެ.

ފިލްމް ފްރެންޗައިޒް "ހެރީ ޕޮޓާ" އިން އެމާ ފުރަތަމަ ފަހަރަށް ފެނިގެންދިޔައީ އެމާގެ އުމުރުން ނުވަ އަހަރުގައެވެ.