ރަންބީރް ކަޕޫރާއި ރިޝީ ކަޕޫރް

ބައްޕަ ވަރަށް އަވަހަށް އެނބުރި ގައުމަށް އަންނާނެ: ރަންބީރު

ބޮލީވުޑްގެ އެކްޓަރު ރިޝީ ކަޕޫރް ވަރަށް އަވަހަށް އިންޑިއާއަށް އަންނާނެ ކަމަށް އޭނާގެ ދަރިފުޅު އަދި އެކްޓަރު ރަންބީރު ކަޕޫރް ބުނެފިއެވެ.

އުމުރުން 66 އަހަރުގެ ރިޝީ ކަޕޫރަށް ކެންސަރު ޖެހުމާއި ގުޅިގެން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އޭނާ އަންނަނީ ނިއު ޔޯކްގައި ކެންސަރަށް ފަރުވާ ހޯދަމުންނެވެ.

ރަންބީރު ކަޕޫރް ބުނި ގޮތުގައި އޭނާގެ ބައްޕަގެ ހާލު މިހާރު ރަނގަޅެވެ. އަދި މަހެއް-ދެމަހެއްހާ ދުވަހުގެ ތެރޭގައި ބައްޕަ އެނބުރި ގައުމަށް އަންނާނެ ކަމަށްވެސް ރަންބީރު ބުންޏެވެ.

ނަވާރަ ސަތޭކަ ހަތްދިހަ އާއި ނަވާރަ ސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި، ރިޝީ ކަޕޫރު ވަނީ މަޝްހޫރު ގިނަ ފިލްމްތަކެއް ކުޅެފައެވެ.