ކަރީނާ ކަޕޫރް

"ލާލު ސިންގް ޗައްޑާ" އިން ފެނިގެންދާނެކަން ކަރީނާ ކަށަވަރުކޮށްދީފި

އާމިރް ހާންގެ ކުރިއަށް އޮތް ފިލްމް "ލާލު ސިންގް ޗައްޑާ" ގެ ލީޑް ބަތަލާގެ ރޯލުން ފެނިގެންދާނީ ކަރީނާ ކަޕޫރް ކަން އޭނާ ކަށަވަރުކޮށްދީފިއެވެ.

ބޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުން ފިލްމްގެ ލީޑް ބަތަލާގެ ރޯލު، ކަރީނާއަށް ހުށަހެޅުމުން އެކަން އޭނާ ވަނީ ބަލައިގެންފައެވެ. "ލާލު ސިންގް ޗައްޑާ" އަކީ 1994 ވަނަ އަހަރު ރިލީޒްކުރި ހޮލީވުޑްގެ ފިލްމް "ފޮރެސްޓް ގަމްްޕް" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. އެ ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުގެ ފަހުކޮޅުއެވެ.

މިވަގުތު ލަންޑަންގައި ހުރި ކަރީނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމް "ވީރޭ ދި ވެޑިންގް" އިންނެެވެ. ކަރީނާގެ ކުރިއަސް ހުރި ފިލްމްތަކުގެ ތެރޭގައި "ގުޑް ނިއުސް" އާއި "އަނގްރޭޒީ މީޑިއަމް" ހިމެނެއެވެ.

ކަރީނާ އާއި އާމިރް ހާން އެކުގައި މަސައްކަތްކުރި ފިލްމްތަކުގެ ތެރޭގައި 2009 ވަަނަ އަހަރު ރިލީޒް ކުރި "3 އިޑިއަޓްސް" އާއި 2012 ވަނަ އަހަރު ރިލީޒްކުރި "ތަލާޝް" ހިމެނެއެވެ.