ފިލްމް "ވޯ" ގެ ޕޯސްޓަރެއް

ރިތިކް އާއި ޓައިގާ ޝްރޮފްގެ "ވޯ" ގެ ޓީޒާ ބަލާލިންތަ؟

ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފްއާ ދެމެދު ހިނގާ ކުރިމަތިލުންތަކެއް ދައްކުވައިދޭ ފިލްމް "ވޯ" ގެ ޓީޒާ ރިލީޒްކޮށްފިއެވެ.

ޔަޝް ރާޖް ފިލްމްސް އިން ގެނެސްދޭ އެކްޝަން ތުރިލާ މި ފިލްމްގެ ޓީޒާ ރިލީޒްކުރިތާ ދެ ދުވަސް ތެރޭގައި ނުވަ މިލިއަނަށްވުރެ ގިނަ މީހުން ވަނީ ޓީޒާ ބަލާފައެވެ. ސިދާތު އާނަންދު ޑައިރެކްޓްކުރާ މި ފިލްމުން ވާނީ ކަޕޫރާއި ދިޕާތިނާ ޝަރުމާވެސް ފެނިގެންދާނެއެވެ.

ފިލްމްގެ ޓީޒާއަށް އާންމުންގެ ގިނަ ބައެއްގެ ތައުރީފު ލިބެމުން އަންނައިރު، އިންޑިއާގެ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުންވެސް ވަނީ ޓީޒާ ވަރަށް ފުރިހަމަ ކަމަށް ބުނެފައެވެ. ޓީޒާއަށް ތައުރީފުކުރި މީހުންގެ ތެރޭގައި އިންޑިއާގެ ފިލްމް ޑިރެކްޓަރު ކަރަން ޖޯހަރް އާއި މިލެޕް ޒިވެރީ އާއި ސުޖޯއީ ޖޯޝް ހިމެނެއެވެ.

ރިތިކް އާއި ޓައިގާގެ އެކްޝަން ވަރުގަދަ މަންޒަރުތަކެއް ޓީޒާއިން ފެނިގެންދެއެވެ. މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހުއެވެ.