
އިރްފާން
އެކްޓަރު އިރްފާން މަރުވެއްޖެ
އިންޑިއާގެ އެކްޓަރު އިރްފާން ޚާން މިއަދު މަރުވެއްޖެއެވެ.
އެކްޓަރު އިރްފާން މަރުވީ ކޮލޯން އިންފެކްޝަނަކަށް މުމްބާއީގެ ހޮސްޕިޓަލެއްގައި އެޑްމިޓްކުރެވި ފަރުވާ ހޯދަމުން ދަނިކޮށެވެ. އިންފެކްޝަނާއި ގުޅިގެން އިރްފާން ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނީ އިއްޔެއެވެ.
ބޮލީވުޑްގެ އެކްޓްރެސް ސޯނަމް ކަޕޫރާއި އިންޑިއާގެ ފިލްމް ޑަައިރެކްޓަރު ސޫޖިތު ސިރްކާރް ކުރި ޓްވީޓެއްގައި ވަނީ އިރްފާން މަރުވިކަން ހާމަކޮށްފައެވެ.
އިރްފާން އަކީ 2018 ވަނަ އަހަރުން ފެށިގެން ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ފަރާތެކެވެ. އިރްފާން އެންމެ ފަހުން ކުޅުނު ފިލްމަކީ "އަނގްރޭޒީ މީޑިއަމް" އެވެ. އޭނާ ކުޅުނު ފިލްމްތަކުގެ ތެރޭގައި "ސްލަމްޑޯގް މިލިއަނާ" އާއި "ލައިފް އޮފް ޕައި" ހިމެނެއެވެ.