އަމީތާބަށް ވެކްސިންގެ ދެވަނަ ޑޯޒް ދެނީ: ފޮޓޯ އަމީތާބް އިންސްޓަގްރާމް

އަމީތާބް ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފި

ބޮލީވުޑްގެ އެކްޓަރު އަމީތާބް ބައްޗަން ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފިއެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖަހަނިކޮށް ނަގާފައިވާ ފޮޓޯއެއް، އަމީތާބް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އަމީތާބް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހީ އެޕްރީލް މަހުގެ ކުރީކޮޅުއެވެ.

އިންޑިއާގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާއިރު، ބަލިމަޑުކަމާއި ދެކޮޅަށް އެގައުމުން ކުރާ މަސައްކަތަށް އަމީތާބް ދަނީ އެހީތެރިވެދެމުންނެވެ. އެގޮތުން އަމީތާބް ވަނީ ޕޮލެންޑުން 50 އޮކްސިޖަން ކޮންސެންޓްރޭޓާސް ގަނެ އިންޑިއާއަށް ހަދިޔާކޮށްފައެވެ. އޭގެ އިތުރުން މާލީ ގޮތުންވެސް އަމީތާބް ދަނީ އެހީތެރިވަމުންނެވެ.

މިދިޔަ އަހަރުގެ ތެރޭގައި އަމީތާބް އާއި އޭނާގެ ދަރިފުޅު އަބިޝެކް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ އިތުރުން އަބިޝެކްގެ އަންހެނުން އައިޝްވާރިއާ ރާއި އާއި އެ ދެމަފިރިންގެ ދަރިފުޅު އާރަދިއާވެސް ކޮވިޑަށް ޕޮޒިޓިވްވެ، މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.

އަމީތާބްގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ބުރައްމަސްތުރާ" "ޗެހެރޭ"  އަދި "މޭޑޭ" ހިމެނެއެވެ.