އަމީތާބް

އަމީތާބް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ބޮލީވުޑްގެ އެކްޓަރު އަމީތާބް ބައްޗަން، ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އަމީތާބް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ހާމަކުރީ އޭނާގެ ސޯޝަލްމީޑިއާ އެކައުންޓްތައް މެދުވެރިކޮށެވެ. ފޭސްބުކް އަދި ޓްވިޓާ މެދުވެރިކޮށް އަމީތާބް ހާމަކުރި ގޮތުގައި އޭނާ މިހާރު ވަނީ ހޮސްޕިޓަލަށް ބަދަލުވެފައެވެ.

އުމުރުން 77 އަހަރުގެ އެކްޓަރު އަމީތާބް ބުނި ގޮތުގައި އޭނާގެ އާއިލާގެ މެންބަރުންނާއި މުވައްޒަފުންވެސް ކޮވިޑް-19 އަށް މިހާރު ވަނީ ސާމްޕަލް ނަގާފައެވެ. އަދި މިހާރު އިންތިޒާރު ކުރަމުންދަނީ އެ ޓެސްޓްތަކުގެ ނަތީޖާއަށެވެ.

އަމީތާބް ވަނީ އޭނާއާ ފާއިތުވި 10 ދުވަހުގެ ތެރޭގައި ބައްދަލުވެފައިވާ މީހުންވެސް ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް އެދިފައެވެ.