ޓައިގާ ޝްރޮފް

ޓައިގާ ޝްރޮފް ރާއްޖޭގައި

އިންޑިއާގެ އެކްޓަރު ޓައިގާ ޝްރޮފް ރާއްޖެ ޒިޔާރަތްކޮށްފިއެވެ.

ޓައިގާ ޝްރޮފް ވަނީ ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ ސީޕްލޭނެއް ކައިރީގައި ހުރެ ނަގާފައިވާ ފޮޓޯއެއް މިއަދު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އޭނާގެ އަތުގައި މާސްކެއް އޮއްވާ އެ ފޮޓޯއިން ފެނެއެވެ.

އުމުރުން 30 އަހަރުގެ ޓައިގާ ޝްރޮފް މީގެ ކުރިންވެސް ރާއްޖެ ޒިޔާރަތްކޮށް، ޗުއްޓީ ހޭދަކޮށްފައިވެއެވެ.

ޗުއްޓީ ހޭދަކޮށްލުމަށް އިންޑިއާގެ ފިލްމް ސްޓާރުން ރާއްޖެ ޒިޔާރަތްކުރެއެވެ. އިންޑިއާގެ އެކްޓްރެސް ކެޓްރީނާ ކައިފް މިވަގުތު ހުރީ ރާއްޖޭގައެވެ. ފޮޓޯ ޝޫޓަކަށް ރާއްޖެ ޒިޔާރަތްކުރި ކެޓްރީނާ އޭނާގެ ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުގައި އޭނާ ހުރީ ސޮނޭވާފުށީގައެވެ.