ސަލްމާން ޚާން

އިންސްޓަގްރާމް ފޮލޮވަރުންގެ އަދަދު 30 މިިލިއަނަށް، ސަލްމާންގެ ޝުކުރު އެންމެންނަށް

ސުޕަސްޓާ ސަލްމާން ޚާނަކީ ބޮލީވުޑްގައި އެންމެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ އެއް ތަރިއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސަލްމާން ޚާންގެ ފޭނުން ތިބިއިރު، ސަލްމާންގެ އިންސްޓަގްރާމް ފޮލޮވަރުންގެ އަދަދު ހޮނިހިރު ދުވަހު ވަނީ 30 މިލިއަނަށް އަރާފައެވެ.

އިންސްޓަގްރާމް ފޮލޮވަރުންގެ އަދަދު 30 މިލިއަނަށް އެރުމުން، ސަލްމާން ޚާން ވަނީ އިންސްޓަގްރާމްގައި ބޫމަރޭންގް ވީޑިއޯއެއް ހިއްސާކޮށްފައެވެ. ވީޑިއޯއާއެކު ކުރި ކެޕްޝަންގައި ސަލްމާން ވަނީ އެންމެންނަށް ޝުކުރު އަދާކޮށްފައެވެ.

ސަލްމާން ޚާންގެ ދެ ފިލްމެއް މިދިޔަ އަހަރު ރިލީޒްކޮށްފައިވެއެވެ. އެއީ ފިލްމް "ބާރަތު" އާއި "ދަބަންގް 3" ކެވެ. މި ދެ ފިލްމަކީވެސް ބޮކްސް އޮފީހުގައި ހިޓް ދެ ފިލްމެވެ.

އެކްޓަރު ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމަކީ ޕްރަބޫދޭވާ ޑައިރެކްޓްކުރާ ފިލްމް "ރާދޭ" އެވެ. މިއަހަރު ރިލީޒްކުރާ މި ފިލްމުން ދިޝާ ޕަތާނީވެސް ފެނިގެންދާނެއެވެ.