ފިލްމް "ވާރ" ގެ މަންޒަރެއް

"ވާރ" ގެ އޮފިޝަލް 4ކޭ ޓްރައިލާ ބަލައިފިންތަ؟

ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފް ފެނިގެންދާ ފިލްމް، "ވާރ" ގެ އޮފިޝަލް 4ކޭ ޓްރައިލާ ދައްކާލައިފިއެވެ.

ޔަޝް ރާޖް ފިލްމްސް އިން ގެނެސްދޭ އެކްޝަން ތުރިލާ މި ފިލްމުން، ރިތިކް އާއި ޓައިގާގެ ވަރުގަދަ ކުރިމަތިލުންތަކެއް ފެނިގެންދާނެއެވެ.

ފިލްމްގައި ރިތިކް ފެނިގެންދާނީ "ކަބީރް" ނަމަކަށް ކިޔާ މީހެއްގެ ރޯލުންނެވެ. ޓައިގާ ފެނިގެންދާނީ "ހާލިދް" ނަމަކަށް ކިޔާ މީހެއްގެ ރޯލުންނެވެ.

ޓްރެއިލާގައި ސިފައިންގެ ބަޔަކަށް ކަބީރް ހަމަލާދޭ މަންޒަރު ފެނެއެވެ. ކަބީރްގެ ކަންކަން ހުންނަ ގޮތުން އޭނާ މަރާލުމަށް އޯޑަރު އާދެއެވެ. ކަބީރް މަރާލުމުގައި އިސްކޮށްއުޅެނީ އޭނާ އެންމެ ރަނގަޅަށް ދަންނަ ހާލިދެވެ.

އެކްޝަން ވަރުގަދަ މަންޒަރުތަކެއް ފެނިގެންދާ، މި ފިލްމްގައި ފުރާނައަށް ނުރައްކާވާ ވަރުގެ ސްޓަންޓްތަކެއް ރިތިކް އާއި ޓައިގާ ޖައްސާފައިވާ ކަމަށް ފިލްމްގެ ޓީމުން ވަނީ ބުނެފައެވެ.

ސިދާތު އާނަންދު ޑައިރެކްޓްކުރާ މި ފިލްމުން ވާނީ ކަޕޫރާއި ދިޕާތިނާ ޝަރުމާ ފެނިގެންދާނެއެވެ. މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހުއެވެ.