"ޖޯކާ" ގެ ނިމޭ މަންޒަރު ދެ ގޮތަކަށް ނަގާފައިވޭ

ޑައިރެކްޓަރު ޓޮޑް ފިލިޕްސްގެ ފިލްމް "ޖޯކާ" އަކީ މިދިޔަ އަހަރު އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެވެ. މިހާރު މިވަނީ ފިލްމާއި ބެހޭ ގޮތުން މުޅިން އާ ވާހަކައެއް ދެކެވެން ފަށާފައެވެ.

ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން އެމެރިކާގެ ފިލްމް އުފެއްދުންތެރިޔާ ކެވިން ސްމިތު ބުނި ގޮތުގައި ފިލްމްގެ ނިމޭ މަންޒަރު ދެ ގޮތަކަށް ނަގާފައިވެއެވެ.

އޮރިޖިނަލް ވާޝަންގެ ކްލައިމެކްސްގައި، "ޖޯކާ" ފިލްމްގެ ތިން ކެރެކްޓާ ކަމުގައިވާ ތޯމަސް ވޭން އާއި މާރތާ ވޭން އަދި ކުޑަކުއްޖެއް ކަމަށްވާ ބްރޫސް ވޭން އެކުގައި ތިއްބާ އޭގެ ތެރެއިން ތޯމަސް ވޭން އާއި މާރތާ ވޭން މަރާލައެވެ. އަދި ބްރޫސް ވޭން މަރާ ނުލާ ދޫކޮށްލައެވެ.

ކެވިން ސްމިތު ބުނާ ގޮތުން ކުޑަކުއްޖެއްގެ ކެރެކްޓާ ކަމުގައިވާ ބްރޫސް ވޭން ވެސް މަރާލާ މަންޒަރުވެސް ޝޫޓުކުރިއެވެ.

ވޮނާ ބްރޯސްގެ ފިލްމް "ޖޯކާ" ވެގެން ގޮސްފައިވަނީ އާރް-ރޭޓެޑް ފިލްމްތަކުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށެވެ. ފިލްމަށް ދުނިޔޭގެ ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރު ލިބިފައިވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ޖޯކާ" ގެ ސީކުއެލް ފިލްމެއް އުފެއްދުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.