ސޮނާކްޝީ ސްކޫބާ ޑައިވާ ލައިސަންސް ނަގައިފި

އެކްޓްރެސް ސޮނާކްޝީ ސިންހާ، ސްކޫބާ ޑައިވާ ލައިސަންސް ނަގައިފިއެވެ.

ސޯޝަލް މީޑިއާގައި ސޮނާކްޝީ މިއަދު ކުރި ޕޯސްޓެއްގައި ބުނީ މި ލައިސަންސް ބޭނުންވެގެން އުޅޭތާ އަހަރުތަކެއްވެފައިވާ ކަމަށެވެ. އެންމެފަހުން އެކަން ހާސިލުވެފައިވާ ކަމަށް ސޮނާކްޝީ ވަނީ ބުނެފައެވެ.

ސޮނާކްޝީ ބުނީ ފުރަތަމަ ސްނޯކެލް ތަޖުރިބާއަށްފަހު، އޭނާ ކަނޑަށް ކުރާ ލޯބި އިތުރުވި ކަމަށާއި ސްކޫބާ ޑައިވާ ލައިސަންސްއާއެކު މުޅިން އައު ހަރުފަތަކަށް ދެވިއްޖެ ކަމަށެވެ.

އިމްތިހާނުން 100 އިންސައްތަ ހާސިލުކޮށްފައިވާއިރު، ސޮނާކްޝީ ބުނީ މިއީ އިމްތިހާނަކުން އޭނާއަށް 100 އިންސައްތަ ލިބުނު ފުރަތަމަ ފަހަރު ކަމަށެވެ. ސޮނާކްޝީ ވަނީ އޯޝަނިކް ވޯލްޑް މޯލްޑިވްސް، އިންސްޓްރަކްޓާ މުހައްމަދު އަދި ގްރޭންޑް ޕާކް ކޮއްދިއްޕަރު ރިސޯޓަށް ޝުކުރު އަދާކޮށްފައެވެ.