ސޮނާކްޝީ - ފައިލް ފޮޓޯ ސޮނާކްޝީ ސިންހާ ފޭސްބުކް

ސޮނާކްޝީ ސްކޫލު ދޫކޮށްލަން އުޅުނު

ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާގެ ބައްޕައަކީ އިންޑިއާގެ ކުރީގެ އެކްޓަރެއްގެ އިތުރުން މިނިސްޓަރެއް ކަމަށްވާ ޝަތުރްގަން ސިންހާއެވެ. ބައްޕަ މިނިސްޓަރަކަށްވުމުން، ސޮނާކްޝީއަށް ސްކޫލު ދޫކޮށްލަން ޖެހިދާނެކަމުގެ ބިރު ބޮޑުވި އޭނާ މިވަނީ ބުނެފައެވެ.

ބައްޕަ މިނިސްޓަރަކަށްވުމާއެކު، ސޮނާކްޝީ ކައިރީގައިވެސް ސެކިއުރިޓީ އޮފިސަރުން ހަރަކާތްތެރިވަމުންދިޔަ ކަމަށް އޭނާ ބުންޏެވެ. އޭރު ކިޔަވަމުންދިޔައީ ގްރޭޑް ހައެއް ނުވަތަ ހަތެއްގައި ކަމަށާއި ސްކޫލަށްދާއިރުވެސް ހަތިޔާރާއެކު ސެކިއުރިޓީން ސްކޫލަށްދާ ކަމަށް ސޮނާކްޝީ ބުންޏެވެ.

ސެކިއުރިޓީން ހަރަކާތްތެރިވާތީ، ސްކޫލްގައި ތިބޭ މީހުންނާއި ދަރިވަރުން އޭނާއަށް ވަރަށް ބަލާ ކަމަށް ސޮނާކްޝީ ބުންޏެވެ. އެކަމާ ކަންބޮޑުވެ، އެކަންކަން ނުހުއްޓެނީސް ސްކޫލަށް ނުދާނެ ކަމަށް މަންމަ ގާތު ބުނެފައިވާނެ ކަމަށް ސޮނާކްޝީ ބުންޏެވެ.

ސޮނާކްޝީ ބުނި ގޮތުގައި އެކަންކަން ހުއްޓުމުން، ހަޔާތުގައި ފުރަތަމަ ފަހަރަށް މިނިވަންކަމުގެ ރަހަ ތަޖުރިބާ ކުރެވުނެވެ.