ސޮނާކްޝީ ރާއްޖޭގައި

ޗުއްޓީ ހޭދަކޮށްލުމަށް ސޮނާކްޝީ ރާއްޖޭއަށް

ޗުއްޓީ ހޭދަކޮށްލުމަށް ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ އަނެއްކާވެސް ރާއްޖެ އަތުވެއްޖެއެވެ.

ހުކުރު ދުވަހު ރާއްޖެ ޒިޔާރަތްކުރި ބަތަލާ ޗުއްޓީ ހޭދަކުރަމުންދަނީ ޖުމައިރާ ރިސޯޓުގައެވެ.

ސޮނާކްޝީ ރާއްޖޭގައި ލޯންޗެއް ދުއްވާ މަންޒަރު، އޭނާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އޭގެ އިތުރުންވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ނަގާފައިވާ ފޮޓޯ އާއި ވީޑިއޯތައް އޭނާ ދަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

އެގޮތުން ހިއްސާކުރި ޕޯސްޓަކާއެކު ސޮނާކްޝީ ބުނީ، ވިއްސާރަ ދުވަސްކޮޅެއްގައި ރާއްޖެ އާދެވުނު ނަމަވެސް ރިސޯޓުން ކީ ހޫނު މަރުހަބާއެއް ކަމަށެވެ.

ސޮނާކްޝީ ވަނީ މީގެ ކުރިންވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ ތެރޭގައި ސޮނާކްޝީ ވަނީ ސިއްރުފެންފުށީގައި ޗުއްޓީ ހޭދަކޮށްފައެވެ.