މޭން ވާސަސް ބީގެ މަންޒަރެއް

މިސްޓަ ބީނާ މިފަހަރު ޖެހުނީ މާބުރެއް

އިނގިރޭސިވިލާތުގެ ކޮމެޑީ އެކްޓަރު ރޯވަން އެޓްކިންސަން (މިސްޓަ ބީން) ލީޑް ރޯލުން ފެނިގެންދާ އާ ސީރީޒެއް، ނެޓްފްލިކްސުން ގެނެސްދިނުމަށް ތައްޔާރުވެއްޖެއެވެ.

"މޭން ވާސަސް ބީ" ސީރީޒްގެ ފުރަތަމަ އެޕިސޯޑް ދެއްކުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. މި ސީރީޒްގައި އެކްޓަރު ރޯވަން ފެނިގެންދާނީ ކުރާނެ މަސައްކަތެއް ހޯދުމަށް މަސައްކަތްކުރާ ގެދޮރުނެތް މީހެއްގެ ރޯލުންނެވެ. ރޯވަންއަށް ދެވޭ ގެއަކުން އޭނާއާ "އަވަލާ" މާބޫރެއްގެ ކިބައިން ސަލާމަތްވުމަށް ކުރާ މަސައްކަތް މިސީރީޒުން ފެނިގެންދާނެެވެ.

ނެޓްފްލިކްސްގެ ޔޫޓިއުބް ޗެނަލްގައި މި ސީރީޒްގެ ޓްރެއިލާ އާންމުކޮށްފައިވާއިރު، 10 މިލިއަނަށްވުރެ ގިނަ މީހުން ވަނީ މިޓްރެއިލާ ބަލާފައެވެ.

މިސީރިޒްގެ އިތުރު ކާސްޓުންގެ ތެރޭގައި ޑެނިއަލް ފީން އަދި އައިޝާ ކާލާ ހިމެނެއެވެ.