ސްކާލެޓް، ބްލެކް ވިޑޯގެ ރޯލުން

އަންހެން ކާސްޓުންގެ ފިލްމް ކާމިޔާބުވާނެ: ސްކާލެޓް

ހަމައެކަނި އަންހެން ކާސްޓުން ހިމަނައިގެން މާވެލް އިން އުފައްދާ ފިލްމަކީ ކާމިޔާބު ފިލްމަކަށްވާނެ ކަމަށް އެކްޓްރެސް ސްކާލެޓް ޖޯހަންސޮން ބުނެފިއެވެ.

އެކްޓްރެސް ސްކާލެޓް ބުނި ގޮތުގައި އެ ފިލްމަކީ "ގުޑުން" ގެނުވާނެ ފިލްމެކެވެ. އެ ފިލްމްގައި ސްކާލެޓްވެސް ފެނިގެންދާއިރު، ލިބިފައިވާ ރޯލުގެ ތަފުސީލު އަދި ނޭނގޭ ކަމަށް ސްކާލެޓް ބުންޏެވެ.

މާވެލްގެ ފިލްމް "އެވެންޖާސް: އެންޑްގޭމް" ގައި ބްލެކް ވިޑޯގެ ރޯލުން ފެނިގެންދިޔަ އެކްޓްރެސް ބުނީ ހަމައެކަނި އަންހެން ކާސްޓުން ހިމެނޭ ފިލްމަކަށް އޯޑިއަންސްވެސް ބޭނުންވާ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ހަމައެކަނި އަންހެން ކާސްޓުން ހިމަނައިގެން ފިލްމެއް އުފައްދާކަން މާވެލް އިން އިއުލާނުކުރީ ސެން ޑިއެގޯ ކޮމިކް-ކޮން ގައި މިއަހަރުގެ ޖުލައި މަހުއެވެ. އެ ފިލްމް ރިލީޒްކުރާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ.