"ސްޕައިޑަރ-މޭން: ފާ ފްރޮމް ހޯމް" އިންޑިއާގައި ރިލީޒްކުރުން އަވަސްކޮށްފި

މާވެލް ސްޓޫޑިއޯސްގެ ފިލްމް، "ސްޕައިޑަރ-މޭން: ފާ ފްރޮމް ހޯމް" އިންޑިއާގައި ރިލީޒްކުރާ ތާރީހު އަވަސްކޮށްފިއެވެ.

ޖޮން ވޮޓްސް ޑައިރެކްޓްކުރާ މި ފިލްމް އިންޑިއާގައި ރިލީޒްކުރުމަށް މީގެ ކުރިން ހަމަޖެހިފައި އޮތީ ޖުލައި މަހުގެ ފަސް ވަނަ ދުވަހުއެވެ. ނަމަވެސް ފިލްމަށް އާދަޔާހިލާފަށް ބޮޑު ތަރުހީބެއް އިންޑިއާއިން ލިބެމުންދާތީ ފިލްމް ރިލީޒްކުރުން މިހާރު ވަނީ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހަށް ބަދަލުކޮށްފައެވެ.

ދެހާސް ސަތާރަވަނަ އަހަރު ރިލީޒްކުރި "ސްޕައިޑަރ-މޭން: ހޯމްކަމިންގް" އެކޭ އެއްފަދައިން މި ފިލްމުންވެސް ސްޕައިޑަރ-މޭން އަދި ޕީޓާ ޕާކާގެ ރޯލް އަދާކުރަނީ ޓޮމް ހޮލޭންޑެވެ. ފިލްމްގައި ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި ޖޭކް ޖިލެންހާލް އަދި ޒެންޑާޔާ ހިމެނެއެވެ.

އިނގިރޭސި ބަހުގެ އިތުރުން ހިންދީ، ޓެމިލް އަދި ޓެލުގޫ ބަހުން މި ފިލްމް އިންޑިއާގައި ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ.

"ސްޕައިޑަރ-މޭން: ހޯމްކަމިންގް" ޖަޕާނުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޖޫން 28 ގައެވެ.