ޑެނީ އައިލޯ

"ޑޫ ދަ ރައިޓް ތިންގް" ގެ ތަރި ޑެނީ އައިލޯ މަރުވެއްޖެ

"ޑޫ ދަ ރައިޓް ތިންގް" އަދި "ރޯސް އޮފް ކައިރޯ" ފަދަ ފިލްމްތަކުން މަޝްހޫރުކަން ހޯދާފައިވާ ތަރި، ޑެނީ އައިލޯ މަރުވެއްޖެއެވެ. ޑެނީ މަރުވެފައިވަނީ އުމުރުން 86 އަހަރުގައި، މިމަހުގެ 12 ވަނަ ދުވަހުއެވެ.

އާއިލާ އިން ބުނި ގޮތުގައި ޑެނީ މަރުވެފައިވަނީ، އިންފެކްޝަނަކަށް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

ޑެނީ އެކްޓްކުރަން ފަށާފައިވަނީ 1970 ވަނަ އަހަރު، "ބޭގް ދަ ޑުރަމް ސްލޯލީ" ކިޔާ ފިލްމަކުން ލިބުނު ފުރުސަތަކުންނެވެ. އޭގެ ފަހުން "ގޯޑް ފާދާ ޕާޓް 2" އަދި "ޑިނާ ރަޝް" ފަދަ ފިލްމްތައް ކުޅެފައިވެއެވެ.

ފިލްމް "ޑޫ ދަ ރައިޓް ތިންގް" ގައި ޑެނީ ކުޅެފައިވާ ރޯލް އިން، އޮސްކާ އެވޯޑަށް ޑެނީ ނޮމިނޭޓްވެފައިވެއެވެ. ޑެނީގެ މަރާއި ގުޅިގެން ވަރަށް ގިނަ ތަރިން ވަނީ އެކަމާ ހިތާމަ ފާޅުކޮށް ޓުވީޓްތައްކޮށްފައެވެ.