ޖޭމްސް ވެން ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯ: ފޮޓޯ - އިންސްޓަގްރާމް

އަކްއަމޭން 2 ގެ ޝޫޓިން ފަށައިފި

ޖޭޒަން މޮމޯއާ ލީޑް ރޯލުން ފެނިގެންދާ ފިލްމް، "އަކްއަމޭން އެންޑް ދަ ލޮސްޓް ކިންގްޑޮމް" ގެ ޝޫޓިން ފަށައިފިއެވެ.

ފިލްމް އުފެއްދުންތެރިޔާ ޖޭމްސް ވެން ވަނީ، ކްލަޕާ ބޯޑްގެ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. މި ފިލްމަކީ 2018 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމް "އަކްއަމޭން" ގެ ސީކުއެލް ފިލްމެވެ.

ސީކުއެލް ފިލްމުން، އެމްބާ ހާޑްވެސް ފެނިގެންދާނެއެވެ. ފިލްމަށް މަރުހަބާ ކިޔައި، ފިލްމްގެ ޑައިރެކްޓަރު ޖޭމްސް ވެން އަދި ފިލްމްގެ އެއް ޕްރޮޑިއުސަރު ކަމަށްވާ ރޮބްގެ ފަރާތުން ފޮނުވި ކާޑުގެ ފޮޓޯއެއް އެމްބާ ވަނީ މިމަހު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އޭރު އެމްބާ ބުނީ އޭނާ ހުރީ ކަރަންޓީންގައި ކަމަށެވެ.

ފިލްމްގެ ޝޫޓިން ފަށާފައިވާއިރު، "އަކްއަމޭން"ގެ ރޯލުން ފެނިގެންދާ ޖޭޒަން މޮމޯއާ މީގެ ކުރިން ބުނި ގޮތުގައި، ޝޫޓިން ފަށާނީ ޖުލައި މަހުގެ ތެރޭގައެވެ.