ފިލްމް 83 ގެ ޕޯސްޓަރެއް

"83" ރިލީޒްކުރުން ޖޫން މަހު

ކަބީރް ހާން ޑައިރެކްޓްކުރާ ކްރިކެޓް ޑްރާމާ "83" މިއަހަރުގެ ޖޫން މަހު ރިލީޒްކުރުމަށް ނިންމައިފިއެވެ.

ރަންވީރް ސިންގް ލީޑް ރޯލުން ފެނިގެންދާ މި ފިލްމް ސިނަމާތަކުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން މަހުގެ ހަތަރު ވަނަ ދުވަހުއެވެ. މި ފިލްމަކީ އިންޑިއާއިން 1983 ވަނަ އަހަރު ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރި ހާދިސާއަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

އިންޑިއާއިން އެ މުބާރާތް ކާމިޔާބުކުރިއިރު، ޓީމްގެ ކެޕްޓަނަކަށް ހުރި ކަޕިލް ދޭވްގެ ރޯލުން ފެނިގެންދާނީ ރަންވީރެވެ. ފިލްމް ރިލީޒްކުރާ ތާރީހު އާންމުކޮށްފައިވާ ޕޯސްޓަރުގައިވާ ގޮތުން މި ފިލްމް ހިންދީ، ތަމަޅަ، ތެލުގޫ އަދި މަލަޔާލަމް ބަހުން ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ. ޕޯސްޓަރުގައިވާ ގޮތުން މި ފިލްމް ރިލީޒްކުރާނީ 3ޑީ ކޮށެވެ.

މިއީ މިދިޔަ އަހަރުގެ އެޕްރީލް މަހު ރިލީޒްކުރަން ހަމަޖެއްސި ފިލްމެކެވެ. ނަމަވެސް ފިލްމް ރިލީޒްކުރުން ފަސްކުރީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުންނެވެ.

މި ފިލްމުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި ހާދީ ސަންދޫ، ތާހިރް ބާސިން، ޖިވާ، އައްމީ ވާކް، ސާގިބް ސަލީމް އަދި ދިޕިކާ ޕަދުކޯން ހިމެނެއެވެ.