ފިލްމް "83" ގެ ބައެއް ތަރިން

ފިލްމް "83" ގެ ޝޫޓިންގްއަށް ޓީމް ލަންޑަނަށް

އިންޑިއާ އިން، 1983 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރި ހާދިސާ އަށް ބިނާކޮށް ހަދާ ފިލްމް "83" ގެ ޝޫޓިންގްއަށް ފިލްމްގެ ކްރޫ ލަންޑަނަށް ފުރައިފިއެވެ.

ކަބީރް ހާން ޑައިރެކްޓްކުރާ މި ފިލްމްގެ ލީޑް ރޯލުން ރަންވީރް ސިންގް ފެނިގެންދާނެއެވެ. ފިލްމްގައި ރަންވީރު ކުޅޭނީ އިންޑިއާއިން އެ މުބާރާތް ކާމިޔާބުކުރިއިރު ޓީމްގެ ކެޕްޓަނަކަށް ހުރި ކަޕިލް ދޭވްގެ ރޯލެވެ. މި ފިލްމުން ފެނިގެންދާ އިތުރު އެކްޓަރުންގެ ތެރޭގައި ހާދީ ސަންދޫ، ސާގިބް ސަލީމް، ތާހިރް ބާސިން، އައްމީ ވާކް، އަދިނާތު ކޮތާރޭ އަދި ޖީވާ ހިމެނެއެވެ.

ފިލްމްގެ އެކްޓަރުންނަށް ހާއްސަކޮށްގެން، 1983 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބު ކުރި ޓީމުން ވަނީ ކްރިކެޓް ތަމްރީންތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.

މި ފިލްމް "83" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ.