އަމިއްލަ ކުންފުނީގެ ފިލްމަކުން ނުފެންނާނެ: ކަންގަނާ

އެކްޓްރެސް ކަންގަނާ ރަނާވަތުގެ ފިލްމް ޕްރޮޑަކްޝަން ހައުސް އިން އުފައްދާ ފިލްމްތަކުން އޭނާ ނުފެންނާނެ ކަމަށް ކަންގަނާ ބުނެފިއެވެ.

ފިލްމީ ދާއިރާއިން އިންޑިއާގެ ގައުމީ އެވޯޑް ހާސިލުކޮށްފައިވާ ކަންގަނާ ބުނީ ހުނަރުވެރި އާ ފަންނާނުންނަށްވެސް ފުރުސަތު ދޭން ޖެހޭ ކަމަށާއި އެ މީހުންނަށްވެސް ބޮޑު ސްކްރީނަށް އާދެވެން ޖެހޭ ކަމަށެވެ. ކަންގަނާގެ ޕްރޮޑަކްޝަން ކުންފުނިން އުފައްދާ ފިލްމްތަކަށް ނަގާނީ އެހެން ބަޔަކު ކަމަށާއި އެ މީހުންނަށް ކިޔައިދީ އުނގަނައިދޭނެ ކަމަސް ކަންގަނާ ބުންޏެވެ.

ކޮންމެވެސް ދުވަހަކުން އަމިއްލަ ޕްރޮޝަކްޝަން ހައުސްއެއް އުފެއްދުމަށް ބޭނުންވާކަން ކަންގަނާ ހާމަކުރީ 2017 ވަނަ އަހަރުއެވެ. ޕްރޮޑަކްޝަން ހައުސް އުފެއްދުމަށް ކަންގަނާ ވަނީ މުމްބާއީ އިން އިމާރާތެއްވެސް ގަނެފައެވެ.

ކަންގަނާގެ ޕްރޮޑަކްޝަން ހައުސްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު އަންނަ އަހަރުގެ ކުރީކޮޅު ސްޓޫޑިއޯ ލޯންޗްކުރާނެ ކަމަށް ކަންގަނާ ވަނީ އިއުލާނުކޮށްފައެވެ.