ޝުޝްމީތާ ރާއްޖޭގައި ސްނޯކުލްކުރާ ވީޑިއާގެ ސްކްރީން ޝޮޓެއް.

ޝުޝްމީތާ ރާއްޖޭގައި ސްނޯކުލް ކުރާ ވީޑިއޯއެއް އާންމުކޮށްފި

އިންޑިއާގެ ބޮލީވުޑުގެ ފިލްމީތަރި ސުޝްމީތާ ސެން ރާއްޖޭގައި ސްނޯކުލްކުރާ ވީޑިއޯއެއް އާންމުކޮށްފިއެވެ. 

އެވީޑިއޯއިން އޭނާގެ ދެ ދަރިންކަމުގައިވާ އަލިޝަހް އަދި ރެނީ ވެސް ފެނެއެވެ. އެމީހުންނާއެކު ސުޝްމީތާގެ ބައްޕަ ސުބީރު ސެން ވެސް ވަނީ ރާއްޖެއަށް ޗުއްޓީއަށް އައިސްފައެެވެ. 

"އަހަރެން އަހަރަކު އެއްފަހަރު މަދުވެގެން ދަރިންނާއެކު ރާއްޖެއައިސް ސްނޯކްލް ކޮށް ހަދަން. މޫދުގައި މިއުޅޭ އަޖާއިބު ކުރަނިވި މަހުލޫގުންތަކެއް," ޝުޝްމީތާ ބުނެފައިވެއެވެ. 

ދާދިފަހުން އިންޑިއާގެ ކުރީގެ މަޝްހޫރު ކްރިކެޓް އެޑްމިނިސްޓްރޭޓަރު ލަލިޓް މޯޑީ ވަނީ ޝުޝްމީތާއާއި ލޯބީގެ ގޮތުން ގުޅިފައިވާކަން އޭނާގެ އިންސްޓަގުރާމުގައި އިއުލާނުކޮށްފައެވެ. އެ ހަބަރާ ސުޝްމީތާ ދެކޮޅު ހަދާފައެއް ވެސް ނުވެއެވެ.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Sushmita Sen (@sushmitasen47)