ނަސީރުއްދީން ޝާހް - ފައިލް ފޮޓޯ ނަސްރުއްދީން ޝާހް ފޭސްބުކް

ނަސީރުއްދީން ހޮސްޕިޓަލުން ދޫކޮށްލަނީ

އިންޑިއާގެ އެކްޓަރު ނަސީރުއްދީން ޝާހްގެ ހާލު ރަނގަޅު ކަމަށާއި މިއަދު ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބޮލީވުޑް ހަންގާމާއިން ރިޕޯޓްކޮށްފައިވާ ގޮތުން، ނަސީރުއްދީން ވަނީ އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ބުނެފައެވެ.

ނަސީރުއްދީން ހޮސްޕިޓަލްގައި އެޑްމިޓްކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކުރީ ނިއުމޯނިއާއަށް ފަރުވާކުރުމަށެވެ.

އުމުރުން މިހާރު 70 އަހަރުގެ ނަސީރުއްދީނަކީ އިންޑިއާގެ ނޭޝަނަލް ފިލްމް އެވޯޑް އަދި ފިލްމް ފެއާ އެވޯޑް ހާސިލުކޮށްފައިވާ ފަންނާނެކެވެ.