ވިކްރާންތު

ވިކްރާންތު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އިންޑިއާގެ ފިލްމީ ތަރި ވިކްރާންތު މާސޭ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިކްރާންތު ވަނީ އޭނާ ކޮވިޑްއަށް ޕޮޒިޓިވްވެފައިވާކަން ކަށަވަރުކޮށްދީފައެވެ. ވިކްރާންތު ބުނި ގޮތުގައި މިހާރު އޭނާ ހުރީ ސެލްފް-ކަރަންޓީންގައެވެ.

ވިކްރާންތު ވަނީ މިފަހުން އޭނާއާ ބައްދަލުވެފައިވާ ފަރާތްތަކުން ވީހާވެސް އަވަހަށް ކޮވިޑްއަށް ޓެސްޓްކުރުމަށް އެދިފައެވެ. ވިކްރާންތު ބުނި ގޮތުގައި އޭނާ ދަނީ ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދަމުންނެވެ. މިވަގުތު ހާލު ރަނގަޅު ކަމަށްވެސް ވިކްރާންތު ވަނީ ބުނެފައެވެ.

މިފަހުން ކޮވިޑަށް ޕޮޒިޓިވްވި އިންޑިއާގެ ފަންނާނުންގެ ތެރޭގައި މިލިންދް ސޯމަން، އާމިރް ހާން އަދި ކާތިކް އާރްޔަން ހިމެނެއެވެ.