އަމީތާބް

އަމީތާބް ކޮވިޑް ވެކްސިން ޖަހައިފި

އަމީތާބް ބައްޗަން ކޮވިޑް-19 ވެކްސިން ޖަހައިފިއެވެ.

އުމުރުން 78 އަހަރުގެ އެކްޓަރު ބުނީ ކޮވިޑް ވެކްސިން ޖަހާފައިވާ ކަމަށާއި ހުރިހާ ކަމެއްވެސް ރަނގަޅު ކަމަށެވެ. އަމީތާބް އޭނާގެ ބްލޮގްގައި ބުނެފައިވަނީ އާއިލާއިން މިވަގުތު ވެކްސިން ނުޖަހާ ހުރީ ދަރިފުޅު އަބިޝެކް ބައްޗަން ކަމަށެވެ.

އާއިލާގެ އެހެން މެންބަރުންނާއި މުވައްޒަފުންވެސް ވެކްސިން ޖަހާފައިވާ ކަމަށާއި އެ މީހުން ކޮވިޑްއަށް ޓެސްޓްކޮށްފައިވާ ކަމަށް އަމީތާބް ބުންޏެވެ. އަމީތާބް ބުނި ގޮތުގައި އެ ހުރިހާ ޓެސްޓެއްވެސް ނެގެޓިވްއެވެ.

މިދިޔަ އަހަރުގެ ތެރޭގައި އަމީތާބް އާއި ދަރިފުޅު އަބިޝެކް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ އިތުރުން އަބިޝެކްގެ އަންހެނުން އައިޝްވާރިއާ ރާއި އާއި އެ ދެމަފިރިންގެ ދަރިފުޅު އާރަދިއާވެސް ކޮވިޑަށް ޕޮޒިޓިވްވިއެވެ.