ކަންގަނާ : ފޮޓޯ އިންސްޓަގްރާމް

ކަންގަނާއަށް ކޮވިޑް ޖެހިއްޖެ

ބޮލީވުޑްގެ އެކްޓްރެސް ކަންގަނާ ރަނާވަތު ކޮވިޑްއަށް ޕޮޒިޓިވްވެއްޖެއެވެ.

ކަންގަނާ އޭނާގެ ފޭސްބުކް އަދި އިންސްޓަގްރާމްގައި، އެކަން މިއަދު ވަނީ ކަށަވަރުކޮށްދީފައެވެ. ކަންގަނާ ވަނީ ވަރުބަލިވެ ވަރުދެރަވާ ކަމަށްވެސް ބުނެފައެވެ. އިއްޔެ ކުރި ޓެސްޓްގެ ނަތީޖާ މިއަދު ލިބިފައިވާއިރު، ކޮވިޑްއަށް ޕޮޒިޓިވްކަމަށް ކަންގަނާ ވަނީ ބުނެފައެވެ.

އުމުރުން 34 އަހަރުގެ ބަތަލާ ބުނީ އޭނާ މިހާރު ހުރީ ކަރަންޓީންވެގެން ކަމަށެވެ.

އިންޑިއާގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާއިރު، މިމަހުގެ ތެރޭގައިވެސް ބައެއް ދުވަސްދުވަހު އިންޑިއާއިން ހަތަރު ލައްކައަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓްކުރެވިފައިވެއެވެ.