އެމާ ސްޓޯން، ކްރުއެލާގެ ކެރެކްޓާގައި - ފައިލް ފޮޓޯ ވޯލްޓް ޑިޒްނީ ފޭސްބުކް

"ކްރުއެލާ" ގެ ސީކުއެލް އުފައްދަން ޑިޒްނީ ތައްޔާރުވަނީ

އެމާ ސްޓޯން ލީޑް ރޯލުން ފެނިގެންދާ ފިލްމް، "ކްރުއެލާ" އަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. ބޮކްސް އޮފީހުގައި މި ފިލްމަށް މިހާތަނަށް ލިބުނު އާމްދަނީ ވަނީ 87.1 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ.

ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، ޑިޒްނީއިން މިހާރު މަސައްކަތްކުރަމުންދަނީ މި ފިލްމްގެ ސީކުއެލްއެއް އުފެއްދުމަށެވެ.

ބޮކްސް އޮފީހާއި ޑިޒްނީ+ ޕްރިމިއާ އެކްސެސްގައި ފިލްމަށް ލިބުނު ތަރުހީބާމެދު ޑިޒްނީއިން ހިތްހަމަޖެހޭ ކަމަށް ޑިޒްނީގެ އޮފިޝަލަކު ވަނީ ބުނެފައެވެ.

ޑިޒްނީގެ ވިލަން ކްރުއެލާގެ ކުޑައިރުގެ ވާހަކަތައްވެސް، ފިލްމް "ކްރުއެލާ" ގައި ކިޔައިދެއެވެ. މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި އެމާ ތޮމްޕްސަން އަދި ޕޯލް ވަލްޓާ ހިމެނެއެވެ.