"ގޯލްމާލް އެގެއިން" އެމެރިކާގައި ރި-ރިލީޒްކޮށްފި

ކޮމެޑީ ފިލްމް "ގޯލްމާލް އެގެއިން" އެމެރިކާގައި ރި-ރިލީޒްކޮށްފިއެވެ.

ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ މި ފިލްމް، މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާގައި ދަނީ ރި-ރިލީޒްކުރަމުންނެވެ. ފިލްމް ރި-ރިލީޒްކުރަމުންދަނީ އެމެރިކާގެ ރީގަލް ވާޖީނިއާ ސެންޓަރާއި ރީގަލް ކަންޓްރީސައިޑްގައެވެ.

ފިލްމް "ގޯލްމާލް އެގެއިން" އަކީ "ގޯލްމާލް" ސީރީޒްގެ ހަތަރުވަނަ ފިލްމެވެ. ފިލްމްގެ ކާސްޓުންގެ ތެރޭގައި އަޖޭ ދޭވްގަން އާއި ތައްބޫ އާއި ޕަރިނީތީ ޗޯޕްރާ އަދި އަރްޝަދު ވާރްސީ ހިމެނެއެވެ.

މިއަހަރުގެ ޖޫން މަހުގެ ތެރޭގައި، މި ފިލްމް ވަނީ ނިއު ޒީލޭންޑްގައި ރި-ރިލީޒްކޮށްފައެވެ.