ޕަރިނީތީ ޗޯޕްރާ

ލޯބީގެ ގުޅުމާއި ބެހޭ ގޮތުން ޕަރިނީތީ ވާހަކަ ދައްކައިފި

ބޮލީވުޑްގެ އެކްޓްރެސް ޕަރިނީތީ ޗޯޕްރާ އާއި ޗަރިތު ދޭސާއީ އާދެމެދު ލޯބީގެ ގުޅުމެއް އޮތް ކަމަށް ބުނެ އަޑު ފެތުރެމުން ދަނިކޮށް، އެކަމާ ގުޅޭ ގޮތުން ޕަރިނީތީ ވާހަކަ ދައްކައިފިއެވެ.

އިންޓަވިއުއެއްގައި، ޕަރިނީތީ އާއި ދޭސާއީގެ ލޯބީގެ ގުޅުމާއި ބެހޭ ގޮތުން ޕަރިނީތީއާ ވަނީ ސުވާލުކޮށްފައެވެ. ލޯބީގެ ގުޅުމެއް އޮތް ކަމަކަށް ޕަރިނީތީ އެއްބަސްވެފައިނުވާއިރު އެކަން ދޮގުކޮށްފައިވެސް ނުވެއެވެ. އޭގެ ބަދަލުގައި ޕަރިނީތީ ބުނީ އޭނާގެ އާއިލާ މެންބަރުންނާއި، އެކުވެރިންނާއި އެކުގައި އުޅޭ މީހުންނަށް ހަގީގަތް އެނގޭނެ ކަމަށެވެ.

މީޑިއާތަކުން ބޭނުންވަނީ، ލޯބީގެ ގުޅުމާއި ބެހޭ ގޮތުން ކަމެއް އިއުލާނު ކުރުން ކަމަށާއި ނަމަވެސް އެއީ އަމިއްލަ ދިރިއުޅުމުގެ ކަމެއް ކަމަށް ޕަރިނީތީ ބުންޏެވެ.

ޕަރިނީތީ ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި "އިޝަގްޒާދޭ" އާއި ހަސީ ތޯ ޕަސީ" އާއި 2017 ވަނަ އަހަރު ރިލިޒްކުރި ކާމިޔާބު ފިލްމް "ގޯމާލް އަގެއިން" ހިމެނެއެވެ.