ޕަރްނީތި ޗޯޕްރާ

ޕަރްނީތި ބެޑްމިންޓަން ކުޅެން ދަސްކުރަނީ

އިންޑިއާގެ އެކްޓްރެސް ޕަރްނީތި ޗޯޕްރާ ހުރީ ފިލްމީ ދާއިރާގައި ކުރިއަށްދާން އަޒުމު ކަނޑައަޅައިގެންނެވެ. ހަރުފަތްތައް ގިރާކޮށް ކުރިއަށްދާ ޕަރްނީތީގެ ކުރިއަށްހުރި ފިލްމްތަކަކީ ޝައުގުވެރި ފިލްމްތަކެކެވެ.

ޕަރްނީތި އިއްޔެ ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯއެއްގައި ފެންނަނީ އޭނާ ބެޑްމިންޓަން ކޯޓެއްގައި އިށީނދެލައިގެން އިނދެ، އޭނާ ހަށިގަނޑުން ދާ ފުހޭ މަންޒަރެވެ.

މިއީ އިންޑިއާގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވާލްގެ ހަޔާތަށް އުފައްދާ ފިލްމްގައި ސައިނާގެ ރޯލަށް ޕަރްނީތި ހަމަޖެއްސުމާއި ގުޅިގެން އެ ފިލްމަށް ވަމުންދާ ތައްޔާރީއެކެވެ. ޕަރްނީތި ބުނި ގޮތުގައި މި ދުވަސްކޮޅު، ކޮންމެ ދުވަހެއްވެސް ހޭދަކުރަނީ ބެޑްމިންޓަން ކުޅުމުގައެވެ.

ސައިނާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމްގައި، ސައިނާގެ ރޯލު ކުޅެން ކުރިން ހަމަޖެއްސީ ޝްރައްދާ ކަޕޫރެވެ. ނަމަވެސް ޝްރައްދާ މިހާރު ވަނީ ފިލްމް ދޫކޮށްލާފައެވެ.