"ޖަބަރިޔާ ޖޯޑީ" ރިލީޒްކުރުން ފަސްކޮށްފި

ސިދާތް މަލޯތްރާ އާއި ޕަރިނީތީ ޗޯޕްރާއެކުގައި ފެނިގެންދާ ފިލްމް "ޖަބަރިޔާ ޖޯޑީ" ރިލީޒްކުރުން ފަސްކޮށްފިއެވެ.

ޕްރަޝާންތު ސިންގް ޑައިރެކްޓްކުރާ މި ފިލްމް ރިލީޒްކުރަން މީގެ ކުރިން ހަމަޖެހިފައި އޮތީ އަންނަ އޮގަސްޓް މަހުގެ ދެވަނަ ދުވަހުއެވެ. ނަމަވެސް ފިލްމް ރިލީޒްކުރުން މިހާރު ވަނީ އޮގަސްޓް ނުވަ ވަނަ ދުވަހަށް ފަސްކޮށްފައެވެ.

މި ފިލްމް ރިލީޒްކުރުން ފަސްކުރީ ހޮލީވުޑްގެ ފިލްމް "ފާސްޓް އެންޑް ފިއުރިއަސް: ހޮބްސް އެންޑް ޝޯ" މާދަމާ ރިލީޒްކުރުމަށް ހަމަޖެހިފައިވާތީ އާއި ބޮލީވުޑްގެ ފިލްމް "ޙާންދާނީ ޝަފަޙާނާ" އަންނަ މަހުގެ ދެވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާތީއެވެ.

ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމް "ޖަބަރިޔާ ޖޯޑީ" އަކީ އިންޑިއާގެ އުއްތަރްޕްރަދޭޝްގެ ބިހާރުގައި ހިނގި ހާދިސާއެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ. ފިލްމްގެ ވާހަކަ ބިނާވެފައިވަނީ އިންޑިއާގައި ކައިވެނި ކުރާ އަންހެން ކުއްޖާގެ އާއިލާގެ ފަރާތުން ފިރިހެން މީހާގެ އާއިލާއަށް ދޭންޖެހޭ ފައިދާ ނުދޭންވެގެން ފިރިހެން މީހާ ވަގަށް ނަގާ މައްސަލައަށެވެ.

މި ފިލްމްގެ ޓްރެއިލާ ރިލީޒްކުރުމާއެކު، ކާކުކަން ނޭނގޭ ފަރާތްތަކުން ދަނީ ފިލްމްގެ ޑައިރެކްޓަރަށް ގުޅައި، ފިލްމް ޕްރޮމޯޓް ނުކުރުމަށާއި ފިލްމް ރިލީޒްނުކުރުމަށް އަންގާ އިންޒާރު ދެމުންނެވެ.