އަޖޭ

ކޮވިޑް އައިސީޔޫއެއް ހެދުމަށް އަޖޭގެ އެހީއެއް

ވިހި އެނދުގެ ޖާގައިގެ ކޮވިޑް އައިސީޔޫއެއް ހެދުމަށް ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަން މާލީ އެހީ ފޯރުކޮށްދީފިއެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ކޮވިޑް އައިސީޔޫ ހެދުމަށް އަޖޭ ވަނީ ބްރިހަންމުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އަށް އެއް ކްރޯޑް ރުޕީސް ހަދިޔާކޮށްފައެވެ.

މި އައިސީޔޫގައި ވެންޓިލޭޓަރާއި އޮކްސިޖަން ސަޕޯޓް ލިބެން ހުންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު ހޮސްޕިޓަލްގެ އެނދުތައް ވަނީ ފުރިފައެވެ. އިންޑިއާއިން ކޮވިޑް އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ އެ ގައުމު އޮކްސިޖަނަށް ބޭނުން ޖެހިފައިވާއިރު، އެހެން ގައުމުތަކުން ދަނީ އިންޑިއާއަށް ވެންޓިލޭޓަރާއި އޮކްސިޖަން ފޯރުކޮށްދެމުންނެވެ.

އިއްޔެ އެކަނިވެސް އިންޑިއާއިން 362،000 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ.