ފޮޓޯ: އިންޑިއާ ޓައިމްސް

ވަގުފާރީގެ މައްސަލައެއްގައި ޑެލަރު މެހެދީ އަނެއްކާ ވެސް ހައްޔަރުކޮށްފި

އިންސާނުންގެ ވަގުފާރީގެ މައްސަލައެއްގައި ލަވަކިޔުންތެރިޔާ ޑެލަރު މެހެދީ އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ.

ޕަންޖާބީ ލަވަތަކުން އާންމުންގެ މަގުބޫލުކަން ހޯދާފައިވާ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޑެލަރު މެހެދީ އަނެއްކާ ވެސް ހައްޔަރުކޮށްފައި މިވަނީ 2003 ވަނަ އަހަރު ވެސް އެފަދަ މައްސަލައެއް ސާބިތުވެ، ދެ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ކަފާލާތުގެދަށުން ދޫކޮށްލާފައި ހުއްޓައެވެ.

އުމުރުން 54 އަހަރުގެ ޑެލަރު ކުރީގެ ހުކުމް އަލުން ރިވިއުކޮށް އޭނާ ތަންފީޒުކުރަން ޖެހޭ ޖަލު ހުކުމާ ގުޅޭ ގޮތުން ޕަންޖާބްގެ ޕަޓިއާލާ ކޯޓުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ނޫސްތަކުގައި ވަނީ ބުނެފައެެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ މިކާ ސންގްގެ ބޭބެ ޑެލަރު ވަނީ ހިންދީ ފިލްމުތަކަށް ވެސް ލަވަތަކެއް ކިޔާ މަގުބޫލުކަން ހޯދާފައެވެ.