ޑެޑްޕޫލް 3 ގެ މަސައްކަތް ކުރިއަށްދާކަން ރަޔަން ކަށަވަރުކޮށްދީފި

މާވެލް ސްޓޫޑިއޯސް އިން "ޑެޑްޕޫލް" ގެ ތިންވަނަ ބައި ނެރެން އުޅޭ ކަމަށް ހޮލީވުޑްގެ ތަރި ރަޔަން ރޭނޮލްޑް ކަށަވަރުކޮށްދީފިއެވެ.

"ލައިވް ވިތު ކެލީ އެންޑް ރަޔަން" ގައި ވާހަކަ ދައްކަމުން އުމުރުން 43 އަހަރުގެ އެކްޓަރު ރަޔަން ބުނީ "ޑެޑްޕޫލް 3" އަށް މުޅި ޓީމް އެއްކޮށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޑިޒްނީ އެއްވެސް ވަރަކަށް ހިއްސާނުވާ މަދު ކެރެކްޓާސް ތެރޭގައި ޑެޑްޕޫލް ހިމެނެއެވެ. ނަމަވެސް ފޮކްސް އާއި ގުޅުމަށްފަހުގައި ޑެޑްޕޫލް ވެގެންގޮސްފައިވަނީ މާވެލް ސްޓޫޑިއޯސްގެ އަމިއްލަ އެއްޗަކަށްވެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ޑެޑްޕޫލް" ގެ ކުރީގެ ދެބައި މެނޭޖްކުރި ޕްރޮޑަކްޝަން މެނޭޖަރު އެމާ ވޮލްޓް މިފަހަރުގެ ފިލްމް ޕްރޮޑަކްޝަންގައި ބައިވެރިނުވާނެއެވެ.