ގޯލްމާލް އެގެއިން ރި-ރިލީޒް ޕޯސްޓަރު

"ގޯލްމާލް އެގެއިން" ނިއު ޒީލޭންޑްގައި ރި-ރިލީޒްކުރަނީ

ކޮމެޑީ ފިލްމް "ގޯލްމާލް އެގެއިން" ނިއު ޒީލޭންޑްގައި ރި-ރިލީޒްކުރުމަށް ތައްޔާރުވެއްޖެއެވެ.

އަޖޭ ދޭވްގަން އާއި ތައްބޫ އާއި ޕަރިނީތީ ޗޯޕްރާ އަދި އަރްޝަދު ވާރްސީ ލީޑް ރޯލު ކުޅެފައިވާ މި ފިލްމް މިއަދު ނިއު ޒީލޭންޑްގައި ރި-ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ފިލްމް ނިއު ޒީލޭންޑްގައި ރި-ރިލީޒްކުރުމަށް ހަމަޖެހިފައިވާކަން އިއުލާނުކުރީ ފިލްމްގެ ޑައިރެކްޓަރު ރޯހިތު ޝެޓީއެވެ.

ރޯހިތު ޝެޓީ ބުނި ގޮތުގައި ފިލްމް "ގޯލްމާލް އެގެއިން" އަކީ ކޮވިޑް-19 ގެ މި ހާލަތުގައި ނިއު ޒީލޭންޑްގައި ރިލޯންޗްކުރާ ފުރަތަމަ ހިންދީ ފިލްމެވެ.

ކޮވިޑް-19 އާ ގުޅިގެން ހޮލީވުޑް އަދި ބޮލީވުޑްގެ ފިލްމްތަކުގެ މަސައްކަތްތައް ހުއްޓިފައި އޮތުމަށްފަހު، މިހާރު ބައެއް ފިލްމްތަކުގެ މަސައްކަތް ވަނީ ފަށާފައެވެ. އެ ގޮތުން "އެވެޓާ 2" ގެ ޝޫޓިން ނިއު ޒީލޭންޑްގައި މިހާރު ވަނީ ފަށާފައެވެ.