"މައިދާން" ގެ ޕޯސްޓަރު

"މައިދާން" ރިލީޒްކުރުން އަންނަ އަހަރަށް ފަސްކޮށްފި

އަޖޭ ދޭވްގަން ލީޑްރޯލު ކުޅެފައިވާ ފިލްމް، "މައިދާން" ރިލީޒްކުރުން އަންނަ އަހަރަށް ފަސްކޮށްފިއެވެ.

ފިލްމް ރިލީޒްކުރާ ތާރީހަށް ގެނެވުނު ބަދަލާއެކު، މިހާރު މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޮގަސްޓް މަހުގެ 13 ވަނަ ދުވަހުއެވެ.

އަމިތު ޝަރުމާ ޑައިރެކްޓްކުރާ މި ފިލްމަކީ، އިންޑިއާގެ ފުޓްބޯޅައިގެ ބައްޕަގެ ގޮތުގައި މަޝްހޫރުވި ސައީދު އަބްދުލް ރަހީމްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމަށް ކޯޗްކޮށްދިން ސައީދު އަބްދުލް ރަހީމް މަރުވީ 1963 ވަނަ އަހަރުއެވެ.

މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ޕްރިޔަމަނީ އަދި ގަޖްރާޖް ރާއޯ ހިމެނެއެވެ.