ދިލިޕް އާއި އޭނާގެ އަންހެނުން - ފައިލް ފޮޓޯ ދިލިޕް ކުމާރް ޓްވިޓާ

ދިލިޕް ކުމާރް މަރުވެއްޖެ

އިންޑިއާގެ އެކްޓަރު ދިލިޕް ކުމާރް މަރުވެއްޖެއެވެ.

ދިލިޕް ކުމާރް މަރުވީ މިއަދު ހެނދުނެވެ. އުމުރުން ދުވަސްވުމާއި ގުޅުންހުރި ބަލިތަކެއް ތަހައްމަލު ކުރަމުންދިޔަ ދިލިޕް މަރުވީ އުމުރުން 98 އަހަރުގައެވެ.

މިދިޔަ މަހުގެ ތެރޭގައިވެސް ދެފަހަރަށް އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކުރިއެވެ.

ދިލިޕްގެ އަންހެނުންނާއި ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ނޭވާލުމުގައި އުނދަގޫތަކެއް ހުރުމުގެ ސަބަބުން ދިލިޕްއަށް އައިސީޔޫގައިވެސް ފަރުވާ ދީފައިވެއެވެ.