އާލިއާ

މަލާބާރް ގޯލްޑް އެންޑް ޑައިމަންޑްގެ ބްރޭންޑް އެމްބެސެޑަރަކަށް އާލިއާ

މަލާބާރް ގޯލްޑް އެންޑް ޑައިމަންޑްއަކީ ދުނިޔޭގައި ގަހަނާގެ ވިޔަފާރިކުރާ ހަވަނައަށް އެންމެ ބޮޑު ފިހާރަ އެވެ. މަލާބާރްގެ 312 ޝޯރޫމް 10 ގައުމެއްގައި ހުރެ އެވެ.

މަލާބާރްގެ އާ ބްރޭންޑް އެމްބެސެޑަރަކަށް އިންޑިއާގެ އެކްޓްރެސް އާލިއާ ބަޓް މިވަނީ ހަމަަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

މިކަން ހާމަކޮށްފައިވަނީ މަލާބާރްގެ 30 ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ. މަލާބާރްގެ ފިހާރަތައް އިންޑިއާގެ އިތުރުން ޔޫއޭއީ އާއި ސައުދީ އަރަބިއްޔާގެ އިތުރުން ގަތަރާޢި ބަހްރެެއިން އާއި އޮމާންގައި ހުރެ އެވެ.

މީގެ އިތުރުން ކުވެއިތާއި މެލޭޝިއާ އާއި ސިންގަޕޫރާއި އެމެރިކާގައި ހުރެ އެވެ.

ފިލްމީ ދާއިރާއަށް 2012 ވަނަ އަހަރު ތައާރަފުވި އާލިއާ ވަނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފަ އެވެ.

ކާމިޔާބު ގިނަ ފިލްމްތަކެއް ކުޅެފައިވާ އާލިއާ މިހާރު ދަނީ ހޮލީވުޑަށް ތައާރަފުވުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ފިލްމް "ހާޓް އޮފް ސްޓޯން" ފިލްމުން އާލިއާ ހޮލީވުޑަށް ތައާރަފުވާނެ އެވެ.

އަދި ވަރަށް އަވަހަށް ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމު "ހާޓް އޮފް ސްޓޯން" އިން ވެސް ހޮލީވުޑަށް ތައާރަފްވާން ވަނީ ހަމަޖެހިފަ އެވެ.