ބާގީ 3 ގެ މަންޒަރެއް

"ބާގީ 3" ގެ ޓްރެއިލާ ދައްކާލައިފި

ޓައިގާ ޝްރޮފް ލީޑް ރޯލުން ފެނިގެންދާ ފިލްމް "ބާގީ 3" ގެ ޓްރެއިލާ ދައްކާލައިފިއެވެ.

ފިލްމް "ބާގީ" އާއި "ބާގީ 2" ގެ ކާމިޔާބީއަށްފަހު، މި ފްރެންޗައިޒްގެ ތިން ވަނަ ފިލްމް ނެރުމަށް ތައްޔާރުވަމުންދާއިރު، ޓައިގާ ޝްރޮފްއާއެކު ލީޑްރޯލުން ފެނިގެންދާނީ ޝްރައްދާ ކަޕޫރާއި ރިތޭޝް ދޭޝްމުކްއެވެ.

ބުރާސްފަތި ދުވަހު ދައްކާލި ޓްރެއިލާއިން ފުރަތަމަ ވެސް ފެނިގެންދަނީ ޓެރަރިސްޓް ޖަމާއަތަކާއި، ޓައިގާ ޝްރޮފް ކުރިމަތިލާތަނެވެ.

މި ފިލްމަކީ ރޯނީ (ޓައިގާ) އާއި އޭނާގެ ބޭބެ ވިކްރަމް (ރިތޭޝް) ގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ޓެރަރިސްޓް ޖަމާއަތަކުން ވިކްރަމް ވަގަށް ނެގުމުން، އެ ޖަމާއަތުގެ ކިބައިން ބަދަލު ހިފުމަށް ރޯނީ ކުރާ މަސައްކަތް ފިލްމުން ދައްކުވައިދެއެވެ.

އަހުމަދު ޙާން ޑައިރެކްޓްކޮށް، ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހުއެވެ.