ނިދާނެ ވަގުތު ސަލްމާނަށް ނުލިބޭ: ޖެކްލީން

ބޮލީވުޑްގެ އެކްޓަރު ސަލްމާން ހާނަށް ނިދާނެ ވަގުތު ނުލިބޭ ކަމަށް، އެކްޓްރެސް ޖެކްލީން ފެނާންޑޭޒް ބުނެފިއެވެ.

އިންޑޯ-އޭޝިއަން ނިއުސް ސާވިސް (އައިއޭއެންއެސް) އަށް މައުލޫމާތު ދެމުން ޖެކްލީން ބުނީ ސަލްމާން ހާނާއެކު ވަރަށް ގާތުން މަސައްކަތް ކުރެވިފައިވާ ކަމަށެވެ.

"އަހަރެން ސަލްމާން ހާނާއެކު ވަރަށް ގާތުން މަސައްކަތް ކުރިން. އޭނައަށް ނިދާނެ ވަގުތެއް ނުލިބޭ" ޖެކްލީން ބުންޏެވެ.

ފިލްމް "ކިކް" އަދި "ރޭސް 3" ގައި ސަލްމާން ހާނާއެކު ފެނިގެންދިޔަ ޖެކްލީން ބުނި ގޮތުގައި ސަލްމާން ދަނީ ހެނދުނާއި މެންދުރާއި ރޭގަނޑުވެސް މަސައްކަތް ކުރަމުންނެވެ.

ފްލައިޓްގައި އިންކަމުގައި ވިޔަސް، "ބިގް ބޮސް" ނުވަތަ ލަވައެއްގެ ޝޫޓިންގް އަށް ދަތުރު ކުރަމުން ދިޔަ ކަމުގައި ވިޔަސް ސަލްމާން އުޅެނީ އަބަދުވެސް މަސައްކަތުގައި ކަމަށް ޖެކްލީން ބުންޏެވެ.

ޖެކްލީން ވަނީ، އުމުރުން މިހާރު 54 އަހަރު ފުރިފައިވާ ސަލްމާން ހާނަށް އަރާމު ކުރުމަށް ނަސޭހަތްތެރިވެފައެވެ.