ކެޓްރީނާ އާއި ސަލްމާން

"ބާރަތު" އަށް 200 ކްރޯޑް ރުޕީސް

ސަލްމާން ހާން ލީޑް ރޯލުން ފެނިގެންދާ ފިލްމް "ބާރަތު" އަށް އާމްދަނީގެ ގޮތުގައި 200 ކްރޯޑް ރުޕީސް ލިބިއްޖެއެވެ.

އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށް، މިމަހުގެ ފަސް ވަނަ ދުވަހު ރިލީޒް ކުރި މި ފިލްމްވެގެން ގޮސްފައިވަނީ މިއަހަރުގެ މިހާތަނަށް ރިލީޒްކުރި ބޮލީވުޑްގެ ފިލްމްތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް މިހާތަނަށް ލިބުނު ފިލްމަށެވެ.

މި ފިލްމުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި ކެޓްރީނާ ކައިފް، ދިޝާ ޕަތާނީ، ތާބޫ އަދި ޖެކީ ޝްރޮފް ހިމެނެއެވެ."ބާރަތު" އަކީ ކޮރެއަން ފިލްމެއް ކަމަށްވާާ "އޯޑް ޓު މައި ފާދާ" ގެ ރީމޭކެކެވެ.