"ބާރަތު" އަށް 100 ކްރޯޑް ރުޕީސް

އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށް، މިދިޔަ ބުދަ ދުވަހު ނެރުނު ފިލްމް "ބާރަތު" އަށް 100 ކްރޯޑް ރުޕީސް ލިބިއްޖެއެވެ.

ސަލްމާން ހާނާއި ކެޓްރީނާ ކައިފް ލީޑް ރޯލުން ފެނިގެންދާ ފިލްމަށް ހޮނިހިރު ދުވަހުގެ ނިޔަލަށް ވަނީ 122 ކްރޯޑް ރުޕީސް ލިބިފައެވެ. މި ފިލްމްގެ އިތުުރު ތަރިންގެ ތެރޭގައި ދިޝާ ޕަތާނީ، ތާބޫ އަދި ޖެކީ ޝްރޮފް ހިމެނެއެވެ.

ފިލްމަށް ލިބުނު ކާމިޔާބީއާއި ގުޅިގެން ކެޓްރީނާ ކައިފް ބުނީ، ފުރަތަމަ ދުވަހުވެސް ފިލްމްގެ ސްކްރިޕް ވަރަށް ކަމުދިޔަ ކަމަށެވެ.

މި ފިލްމަކީ ކޮރެއަން ފިލްމެއް ކަމަށްވާ "އޯޑް ޓު މައި ފާދާ" ގެ ރިމޭކެކެވެ.