ސަލްމާން ހާން

ސަލްމާން ހާންގެ ލައިވް ކޮންސެޓެއް އެމެރިކާ އާއި ކެނެޑާއަށް

ބޮލީވުޑްގެ ފިލްމީ ތަރި، ސަލްމާން ހާންގެ ލައިވް ކޮންސެޓެއް އެމެރިކާ އާއި ކެނެޑާގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

ސަލްމާން ހާން ކުރި ޓްވީޓެއްގައި ވަނީ، ކޮންސެޓް ބޭއްވުމަށް ހަމަޖެހިފައިވާ ސިޓީތަކާއި ކޮންސެޓް ބާއްވާ ތާރީހުތައް އިއުލާނުކޮށްފައެވެ. ސަލްމާން ހާނާއެކު އެކްޓަރު ސުނިލް ގްރޯވާ އަދި އެކްޓްރެސް ޑެއިޒީ ޝާހްގެ ހުށަހެޅުންތަކެއްވެސް މި ކޮންސެޓްގައި ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންސެޓް ފެށުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ ތިން ވަނަ ދުވަހު، އެޓްލާންޓާއިންނެވެ. ސަލްމާންގެ ކޮންސެޓް، ނިއު ޖާޒީ، ޑެޓްރޮއިޓް، ބޮސްޓޮން، ޓޮރޮންޓޯގެ އިތުރުންވެސް ބައެއް ސިޓީތަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންސެޓް އެޕްރީލް މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ.