ސްޕައިޑަ-މޭން 2 ގައި އެކްޓަރު އަލްފްރެޑް "ޑޮކްޓާ އޮކްޓޮޕަސް" ގެ ރޯލުން

"ޑޮކްޓާ އޮކްޓޮޕަސް" އެނބުރި އަންނަނީ

އެކްޓަރު އަލްފްރެޑް މޮލިނާ، "ޑޮކްޓާ އޮކްޓޮޕަސް" ގެ ރޯލުން އަލުން ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އަލްފްރެޑް، "ޑޮކްޓާ އޮކްޓޮޕަސް" ގެ ރޯލުން ފެނިގެން ދިޔައީ ސޭމް ރައިމީ ޑައިރެކްޓްކޮށް 2004 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ސްޕައިޑަ-މޭން 2" އިންނެވެ. މި ފިލްމްގައި ސްޕައިޑަ-މޭން ގެ ރޯލް ކުޅުނީ އެކްޓަރު ޓޮބީ މެގްއާއެވެ.

ހޮލީވުޑްގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، އެކްޓަރު ޓޮމް ހޮލަންޑް ސްޕައިޑަ-މޭންގެ ގޮތުގައި ފެނިގެންދާ "ސްޕައިޑަ-މޭން 3" ގެ ސެޓުން އަލްފްރެޑް ވަނީ ފެނިފައެވެ. މި ފިލްމަކީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.

ސްޕައިޑަ-މޭންގެ ރޯލް މީގެ ކުރިން ކުޅުނު ޓޮބީ އަދި އެންޑްރޫ ގާފީލްޑްވެސް މި ފިލްމުން ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.