ފިލްމް ވަކިން ލޯބިންގެ ޕޯސްޓަރެއް

ޑާކްރެއިންގެ "ވަކިން ލޯބިން" ބައިސްކޯފަށް

ޑާކްރެއިން އެންޓަޓެއިންމެންޓް އިން މިދިޔަ އަހަރު ރިލީޒްކުރި ފިލްމް "ވަކިން ލޯބިން" އަލުން ބަލައިލަން ބޭނުން ހެއްޔެވެ؟ މިހާރު ބައިސްކޯފް އެޕް މެދުވެރިކޮށް މި ފިލްމް ބަލައިލެވޭނެއެވެ.

މުހައްމަދު ޖުމައްޔިލް އާއި މަރިޔަމް މަޖުދާ (މަޖޫ) އާއި ނުޒުހަތު ޝުއައިބް (ނުޒޫ) ލީޑްރޯލު ކުޅެފައިވާ މި ފިލްމަކީ ފެމެލީ ޑްރާމާއެކެވެ. ދެމަފިރިއަކު ވަރިވުމުން އޭގެ އަސަރު ކުރާ ގޮތް މި ފިލްމުން ދައްކުވައިދެއެވެ.

މި ފިލްމްގެ ވާހަކަ އާއި ސްކްރީން ޕްލޭ ލިޔެފައިވަނީ އައިޝަތު ފުއާދު ތައުފީގެވެ. ފިލްމްގެ ޑައިރެކްޓަރަކީ ޑާކްރެއިންގެ ގިނަ ފިލްމްތަކެއް ޑައިރެކްޓްކޮށްފައިވާ ކުޅަދާނަ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އެވެ.

ފިލްމްގެ އެހެން ކާސްޓުންގެ ތެރޭގައި އަހުމަދު ސުނީ، އަހުމަދު ޝާކިރު، ޝަޖީނާ ޝާހީން، ހަދީޖާ އިބްރާހިމް ދީދީ އަދި އަބްދުﷲ ޝާފިއު (ފުބޫ) ހިމެނެއެވެ.