މާގޯ ރޮބީ

ޕައިރެޓްސް އޮފް ދި ކެރީބިއަންގެ ފީމޭލް-ލެޑް ފިލްމަށް މާގޯ

ޑިޒްނީގެ ޕައިރެޓްސް އޮފް ދި ކެރީބިއަންގެ ފީމޭލް-ލެޑް ފިލްމަށް، ބަތަލާ މާގޯ ރޮބީ ހަމަޖައްސައިފިއެވެ.

މި ފިލްމްގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ޖެރީ ބްރަކްހެއިމާ ބައިވެރިވާނެއެވެ. އެކްޓަރު ޖޮނީ ޑެޕް، ކެޕްޓަން ޖެކް ސްޕެރޯގެ ރޯލުން ފެނިގެންދިޔަ ޕައިރެޓްސް އޮފް ދި ކެރީބިއަންގެ ފިލްމްތައް ޕްރޮޑިއުސްކޮށްފައި ވަނީވެސް ޖެރީ ބްރަކްހެއިމާ އެވެ.

ޕައިރެޓްސް އޮފް ދި ކެރީބިއަންގެ ފީމޭލް-ލެޑް ފިލްމަކީ ކްރިސްޓީނާ ހޮޑްސަން ސްކްރިޕްޓަކަށް އުފައްދާ ފިލްމެކެވެ. ނަމަވެސް މި ފިލްމަށް ކިޔާ ނަން އަދި ހާމައެއް ނުކުރެއެވެ.

ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، އަލަށް އުފައްދާ މި ފިލްމަކީ މިހާރު ގެނެސްދެމުންދާ ޕައިރެޓްސް އޮފް ދި ކެރީބިއަން ފްރެންޗައިޒްގެ ސްޕިން-އޮފް އެއް ނޫނެވެ. ރިޕޯޓްތައް ބުނާ ގޮތުން އާ ފިލްމް ގެނެސްދޭނީ މުޅިން އާ ވާހަކަ އަކަށެވެ.