މަލައިކާ

އަންހެން ކުއްޖަކު ހުރިނަމައޭ ހިތައް އަރާ: މަލައިކާ

އަންހެން ކުއްޖަކު ހުރިނަމައޭ ހިތައް އަރާކަމަށް އިންޑިއާގެ އެކްޓްރެސް މަލައިކާ އަރޯރާ ބުނެފިއެވެ.

ޑާންސް ރިއަލިޓީ ޝޯ "ސުޕަ ޑާންސް: ޗެޕްޓާ 4" ގައި އުމުރުން ހަ އަހަރުގެ ބައިވެރިއެއް ކަމަށްވާ ފްލޮރިނާގެ ހުށަހެޅުމަށްފަހު ވާހަކަ ދައްކަމުން މަލައިކާ ބުނީ އޭނާ އަބަދުވެސް އަންހެން ކުއްޖަކު ބޭނުންވާ ކަމަށެވެ.

މަލައިކާ ބުނީ އޭނާ އަތުގައި ރީތި ފައިވާނާއި ހެދުން އެބަހުރި ކަމަށެވެ. ނަމަވެސް އެތަކެތި ބޭނުންކުރާނެ މީހަކު ނެތް ކަމަށް މަލައިކާ ވަނީ ބުނެފައެވެ.

އުމުރުން 45 އަހަރުގެ މަލައިކާގެ ފިރިހެން ކުއްޖެއް ހުރެއެވެ.