މަލައިކާ އަރޯރާ

މަލައިކާގެ މިސްރާބު ފިލްމް ޕްރޮޑަކްޝަނަށް

ފިލްމް ޕްރޮޑިއުސްކުރުމަށް ޝައުގުވެރިވާ ކަމަށް އިންޑިއާގެ އެކްޓްރެސް މަލައިކާ އަރޯރާ ބުނެފިއެވެ.

މިހާރު ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ މަލައިކާ ބުނީ އޭނާގެ އުފެއްދުމެއްގެ ގޮތުގައި ފިލްމެއް ނުވަތަ ޝޯއެއް ގެނެސްދޭން ބޭނުންވާ ކަމަށެވެ. މި ޒަމާނުގައި ގިނަ ކޮންޓެންޓް ލިބެން ހުރިކަން ފާހަގަކޮށް މަލައިކާ ބުނީ ކުރު-ސީރީޒެއް ނުވަތަ ކުރު ފިލްމެއްވެސް އުފެއްދިދާނެ ކަމަށެވެ.

ފިލްމް އުފެއްދުމަށް ވަރަށް ގިނަ ހިޔާލުތައް އެބަހުރި ކަމަށާއި ނަމަވެސް ފިލްމް މިހާރުން މިހާރަށް ނުގެނެސްދެވިދާނެ ކަމަށް މަލައިކާ ބުންޏެވެ.

ބޮލީވުޑްގެ ބައެއް ފިލްމްތަކުގައި ހާއްސަ ފެނިލުންތަކުން މަލައިކާ ފެނިގެން ގޮސްފައިވެއެވެ. އަދި ބައެއް ލަވަތަކުގައި ނަށާފައިވެއެވެ.